އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭއެފްސީ އޭޝިއަން ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ގަތަރާއި ޖޯޑަންއިންވެސް ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 16 ގެ މެޗުތައް އާދީއްތަ ދުވަހުގެ ރޭ ފަށާފައިވާ އިރު، އެންމެ ފުރަތަމަ ކުއާޓާ ޖާގަތައް ދަތުރުކުރީ އޮސްޓްރޭލިއާއި ތަޖިކިސްތާނެވެ. ރޭގެ މެޗުތައްވެސް ފޯރިގަދަކޮށް ދިޔަ އިރު، އިރާގާއި ފަލަސްތީނުވެސް ކެޓީ ހިތްދަތިކޮށެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި، ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ޖޯޑަންއިން އިރާގު ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ރަތް ކާޑު ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލީޑު ނެގީ ޖޯޑަންއިންނެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖޯޑަންއަށް ލީޑު ނަގައިދިނީ ޔަޒާން އަލް ނައީމަތެވެ.
އެ ގޯލާއެކު ޖޯޑައިން ލީޑު ނަގައި ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ އިރާގުން ދެ ގޯލު ޖަހައި ލީޑު ނެގިއެވެ. އިރާގުގެ ގޯލުތައް ޖަހައިދިނީ ސާދު ނާފިގާއި އައިމަން ހުސައިނެވެ.
އިރާގަށް އުނދަގޫތައް ކުރިމަތިވާން ފެށީ އައިމަންއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އެ ރަތް ކާޑާއެކު އިރާގަށް އުނދަގޫތައް ކުރިމަތިވި އިރު، ޖޯޑަންއިން ފުލުފުލުގައި ދެ ގޯލު ޖަހައި އިރާގު ރޮއްވައިލީ، 95 އަދި 97 ވަނަ މިނެޓުގައެވެ. އެ ގޯލުތައް ޖެހީ ޔަޒާން އަލް އަރަބާއި ނިޒާރު އަލް ރަޝްދާނެވެ.
ޖޯޑަންއަށް ދެއްކި ރަތް ކާޑު ފެނުނީ މެޗުގެ ފަހު މިނެޓުގައެވެ. އެ ރަތް ކާޑު ދެއްކީ ހަމްޒާ އަލް ދާދޫރަށެވެ.
ގަތަރާއި ފަލަސްތީނު، އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ކައިރިކައިރިން ދިޔަ އިރު، ފުރަތަމަ ލީޑު ނެގީ ފަލަސްތީނުންނެވެ. އެ ގޯލު ޖެހީ އުދައްޔު ދައްބާގެވެ. އެ ގޯލާއެކު ފަލަސްތީނުން ލީޑު ނެގި ނަމަވެސް، ހަސަން އަލް ހެއިޑޯސްގެ ގޯލުން ގަތަރު ނަތީޖާ ހަމަހަމަކޮށް، ދެވަނަ ހާފަށް ނުކުމެ، އަކްރަމް އަފީފް ޖެހި ޕެނަލްޓީން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް