ފައިސާގެ ދަތިކަމާ ހެދި ސީއެންއެން ފިލިޕީންސް ބަންދުކުރަން ނިންމައިފިއެވެ.
ފައިސާގެ ދަތިކަމާއި ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ސީއެންއެން ފިލިޕީންސް ބަންދުކުރަން ނިންމާފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
2015 ވަނަ އަހަރުން ފެށިގެން ފިލިޕީންސްގައި ސީއެންއެންގެ ގޮތްޕެއް ހުޅުވައި އޮޕަރޭޝަން ފަށާފައިވާއިރު ކޭބަލް ޓީވީއާއި ޓެލެސްޓީރިއަލްކޮށް ސީއެންއެންގެ ހިދުމަތް ދިޔައީ ދެމުންނެވެ.
ސީއެންއެން ގެ އޮފިޝަލުން ވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަން އަންގައި ހުރިހާ އޮޕަރޭޝަނެއް ހުއްޓާލުމަށް ނިންމާފައިވާ ކަން އަންގާފައިވާ ކަމަށް ބުނެފައެވެ.
ސީއެންއެން ފިލިޕީންސް އަކީ ސީއެންއެންގެ ފްރެންޗައިސް އެކެވެ. ފިލިޕީންސްގައި ސީއެންއެން ފިލިޕީންސް ނަމުގައި އެ ހިދުމަތް ދެމުން ގެންދިޔައީ އެގައުމުގެ ނައިން މީޑިއާ ކޯޕަރޭޝަނުން ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ނައިން މީޑިއާ ކޯޕަރޭޝަނުން ވަނީ ސީއެންއެން ފިލިޕީންސް ހުއްޓާލައިފި ނަމަ އެކުންފުނީގެ 300 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާ ގެއްލޭނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ