އިރާނުން އެއްފަހަރާ ތިން ސެޓަލައިޓު ލޯންޗުކޮށްފިއެވެ.

އިރާނުން އިއްޔެ ލޯންޗު ކުރި ތިން ސެޓަލައިޓު ފޮނުވާލާފައި ވަނީ ފީނިކްސް ސެޓަލައިޓް ކެރިއާ ރޮކެޓެއްގައި ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.

އިރާނުގެ ސްޕޭސް އެޖެންސީން އުފައްދާފައިވާ އެއްސެޓަލައިޓަށް ދީފައިވާ ނަމަކީ މަހްދާ އެވެ. ބަރުދަނުގައި 32 ހުންނަ އެ ސެޓަލައިޓު އެތައް ޓެސްޓު މަރުހަލާތަކެއް ކަޑައްތު ކުރިކަމަށް އޮފިޝަލުން ބުނެއެވެ.

އިރާނުގެ ސްޕޭސް އެޖެންސީން ވަނީ މަހްދާ ސެޓަލައިޓުގެ އިތުރުން ކައިހާން 2 އަދި ހާތިފް ނަމަކަށްކިޔާ ދެ ސެޓަލައިޓު ވެސް ލޯންޗުކުރިކަމަށް ބުނެފައެވެ. އެ ދެސެޓަލައިޓުގެ ބަރުދަނުގައި 20 ކިލޯ ހުންނަކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މިދިޔަ ހަފުތާގައި ވެސް އިރާނުން ދިރާސާ ކުރުމަށް ހާއްސަ ސެޓަލައިޓެއް ލޯންޗުކޮށްފައިވެއެވެ.

އިރާނުން ސެޓަލައިޓުތަކެއް ލޯންޗު ކުރުމާއެކު ހުޅަނގުގެ ގައުމުތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތާއި ފްރާންސުގެ އިތުރުން ޖަރުމަނާއި އެމެރިކާއިން ވަނީ އިރާނުން ފޮނުވާލާފައި ވަނީ ހަނގުރާމަމަތީ ސެޓަލައިޓުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.