ޒުވާނުންގެ މެދުގައި މަގުބޫލު ކެފޭ އެއް ކަމުގައިވާ ކެފޭ ޑި މާލެ އުރީދޫ ކްލަބް ޕްރިމިއާގައި ހިމަނައިފިއެވެ.

އުރީދޫން މިއަދު ބުނީ އެކުންފުނީގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް މި ކެފޭގައި 15 ޕަސަންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޑިސްކައުންޓް ހޯދުމަށް ކެފޭގައި ކްލަބް ޕްރިމިއާ ކާޑު ހުށަހަޅަން ޖެހެއެވެ.

ކްލަބް ޕްރިމިއާއަކީ އުރީދޫ މޯލްޑިވްސްގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފުކުރެވިފައިވާ ވަރަށް ހާއްސަ ރިވޯޑް ސްކީމްއެކެވެ. ކްލަބް ޕްރީމިއާ ރިވޯޑް ސްކީމްގެ ދަށުން ރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ.

ކްލަބް ޕްރިމިއާ ހިދުމަތް އުރީދޫއިން 2015 ގައި ތައާރަފި ކުރީއްސުރެ، މި ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ.