ދަތްކޮއްޓާ އިލޮށި ތެލުލައިގެން ނުކެއުމަށް ދެކުނު ކޮރެއާއިން އިންޒާރުދީފިއެވެ.
ދެކުނު ކޮރެއާގެ ކާބޯތަކެއްޗާ ބެހޭ މިނިސްޓްރީން ވަނީ އެގައުމުގައި އާންމުވަމުންދާ ދަތްކޮއްޓާ އިލޮށި ކެއުން ރައްކާތެރި ނޫންކަމަށާއި އެކަން ހުއްޓާލުމަށް ވެސް އިންޒާރުދީފައެވެ.
ސްޓާޗް ބޭނުންކޮށްގެން އުފައްދާފައިވާ ދަތްކޮއްޓާ އިލޮށި ތެލުލައި އެކި ބާވަތުގެ ހަވާދާއި އެއްކޮށްގެން ކާ ވީޑިއޯތައް ކޮރެއާގައި ވަނީ އާންމުވެފައެވެ. އެގޮތުން ޓިކްޓޮކާއި އިންސްޓަގްރާމްގައި މި ވީޑިއޯތައް ވަނީ ވައިރަލްވެފައެވެ.
ކޮރެއާގެ ކަމާބެހޭ މިނިސްޓްރީން ވަނީ ދަތްކޮއްޓާ އިލޮށި ތެލުލައިގެން އެކެއުމަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކެއުމެއް ނޫންކަމަށް ބުނެފައެވެ.
ތިމާވެއްޓާއި ރައްޓެހި އަދި އަވަހަށް ހަލާކުވާ ގޮތަށް އުފައްދާފައިވާ ދަތްކޮއްޓާ އިލޮށި ހަދާފައި ވަނީ ކައްޓަލަ ނުވަތަ ކޯން ސްޓާޗް ބޭނުންކޮށްގެންނެވެ. ކާކުލަ ބޭނުންކޮށްގެން އޭގައި ކުލަ ޖައްސާކަމަށް ވެސް ސިއްހީ އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ