މެންޗެސްޓާ ސިޓީން ފީފާގެ ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވިކަން އެނގޭ ކަމަށާއި، އެކަމަށް ކުރިން ޔޫއެފާއިން އެޅިފިޔަވަޅަކީ ރަނގަޅަށް އެޅި ފިޔަވަޅެއް ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން ވިދާޅުވި ވިދާޅުވުމަށް ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ރައްދު ދީފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފައިސާގެ ކަންކަމުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ވަނީ ކުރިންވެސް ބަލައިފައެވެ. އަދި މިހާރުވެސް އެފަދަ 100 އަށްވުރެ ގިނަ މައްސަލައެއް ބަަލަމުން އެބަދެއެވެ.
ކުރިން ބެލި މައްސަލަތަކުގައި ސިޓީއަށް ޔޫއެފާއިން ފިޔަވަޅު އަޅައި، 2020 ވަނަ އަހަރު ޔޫރަޕްގެ ހުރިހާ މުބާރާތްތަކުން ދެ އަހަރަށް ބޭން ކުރިއެވެ. އެހެން ނަމަވެސް އެ މައްސަލަ އިސްތިއުނާފްކޮށް، ސިޓީން ވަނީ ކޯޓް އޮފް އާބިޓްރޭޝަނުން މައްސަލަ ކާމިޔާބުކޮށްފައެވެ.
އެ ވާހަކަ ދައްކަވަމުން ޔޫއެފާ ރައީސް ޗެފެރިން ވިދާޅުވީ އޭރު ޔޫއެފާ ނިންމި ނިންމުން ރަނގަޅުކަމަށާއި، އެކަން އެނގޭ ކަމަށެވެ. އެހެން ނަމަވެސް، ގާނޫނީ ކަންކަމުގައި އޮންނާނީ ކޯޓަށް ލިބޭ ހެއްކަށް ބަރޯސާވާ ނިންމުމެއް ކަމަށްވެސް ޗެފެރިން ވިދާޅުވިއެވެ.
ޗެފެރިން ވިދާޅުވި ވާހަކަތަކުގެ ސަބަބުން އެކަމަށް ރައްދު ދެމުން ގާޑިއޯލާ ބުނީ ގާނޫނީ ވަކީލެއްގެ އިތުރުން ޔޫއެފާ ރައީސަކަށް ހުރެ، ޗެފެރިން ސިޓީއަށް އަމާޒުކުރާ ބަހުގެ ހަމަލާތައް ރަނގަޅު ނޫން ކަމަށެވެ. އަދި ހާއްސަކޮށް ކޯޓުގެ ނިންމުމަކަށް އެފަދަ ގޮތަކަށް ގޮން ޖަހައި، ސިޓީގެ އިސްތިއުނާފީ ހައްގަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ