ވިލިމާލޭން ގެއްލިގެން ހޯދަމުން ދިޔަ މަރްޔަމް ރާމިޒާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ފެނުނީ މިއަދު 11:40 ހާއިރު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

36 އަހަރުގެ ރާމިޒާ ހޯދަން ފަށާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:00 ހާއިރުން ފެށިގެން އާއިލާއަށް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން ރިޕޯޓު ކުރުމުންނެވެ.

އޭނާއަކީ ދ. މީދޫއަށް ނިސްބަތްވާ މީހެއް ނަމަވެސް މިހާރު ދިރިއުޅެމުން އަންނަނީ ވިލިމާލޭގައި ކަމަށް ފުލުހުން ބުންޏެވެ.