ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މުސާރައާބެހޭ ގޮތުން ފެތުރިފައި އޮތް އަޑުތަކަށް އޭނާ ރައްދު ދެއްވައިފި އެވެ.
ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން ފަޒުލްގެ މުސާރައަކީ 186،000ރ. އެވެ.
އެކަމާ ގުޅިގެން، ރޭގެ ވަގުތެއްގައި އެކްސްގައި ފަޒުލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ މުސާރައާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމުގެ ބަދަލުގައި ޕްރައިވެޓައިޒޭޝަން ބޯޑު މެދުވެރިކޮށް އެ މައުލޫމާތު ސާފު ކުރި ނަމަ ރަނގަޅު ވާނެ ކަމަށެވެ.
"އެޗްޑީސީގެ މަސައްކަތްތައް ހަރުދަނާކުރުމަށް އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ގެންދާނަން. އިންޝާ ﷲ" ފަޒުލް ވިދާޅުވިއެވެ.
ފަޒުލްއަކީ އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރަކަންވެސް ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު