ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ފެނުނު ކިނބުލެއް އެމްއެންޑީއެފުން ހިފައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކިނބުލެއް ފެނިފައިވާކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:08 ހާއިރު ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކަމަށެވެ.

އެމްއެންޑީއެފްގެ ސެކަންޑް ސްކޮޑްރަން ސިފައިން ހާބާކުރާފްޓުގައި ގޮސް ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ކިނބުލުގެ ދިގުމިނުގައި ނުވަ ފޫޓު ހުރި ކަމަށެވެ.