ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާ ބޭސްއަކަށް ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ޕެސިފިކް ކަނޑުގައި އޮންނަ މާޝަލްސް އައިލެންޑްސްގެ ތެރެއިން ރައިނަމޫރް އައިލެންޑުގައި އޮންނަ އެމެރިކާގެ ބޭސް އަކަށް ރާޅު އަރާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް އެ ގައުމުގެ އާމީގެ ރިޕޯޓެއްގައި ވެއެވެ.
އެމެރިކާ އާމީ އިން ނެރުނު އެ ރިޕޯޓުގައި ވާގޮތުން ކުއްލިޔަކަށް އަރަން ފެށި ބޮޑު ރާޅުތަކުގެ ސަބަބުން އެ ބޭސްގައި ހުރި ގިނަ ފެސިލިޓީތަކެއް ވަނީ ހަލާކުވެފައެވެ. އެމެރިކާގެ އާމީއިން ވަނީ ލިބުނު ގެއްލުންތަކުގެ ދިރާސާއެއް ހަދައި ބެލިބެލުމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަހަކަށްވުރެން ގިނަ ދުވަސް ބޭނުންވާ ކަމަށް ބުނެފައެވެ.
އެމެރިކާ ބޭސް އަށް އެރި ރާޅުތަކުގެ ސަބަބުން އެތަނުގައި ހަރަކާތްތެެރިވާ ބައެއް ސިފައިންނަށް އެކިވަރުގެ އަނިޔާވެސް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އާމީގެ އޮފިޝަލުން ބުނާގޮތުން އެބޭސްގައި އޮންނަ ރަންވޭގެ އިތުރުން އިމާރާތްތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. އާމީއިން ނެރުނު ރިޕޯޓުގައި އެބޭސްގެ އެއްވެސް މިލިޓަރީ ތަނަކަށް ނުވަތަ އާލާތަކަށް ގެއްލުންވި ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ