އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ގްރޫޕް ސްޓޭޖުން ކެޓުމާއެކު ގާނާއިން ކޯޗު ކްރިސް ހިއުޓަން މަގާމުން ދުރުކޮށްފިއެވެ.
މިފަހަރުގެ އެފްކޯންގެ ގްރޫޕް ބީގައި ގާނާ ނިންމާލީ ގްރޫޕްގެ ތިންވަނައިގައެވެ. ތިންވަނައިގައި ނިންމާލި ނަމަވެސް ގާނާއަށް ގަދަ 16 ގެ ޖާގައެއް ލިބިފައިނުވާ އިރު، ގާނާއަށް ލިބިފައި ވަނީ އެންމެ ދެ ޕޮއިންޓެވެ. ގާނާއިން މިސްރާއި މޮޒަމްބީގާ އެއްވަރުވި އިރު، އެންމެފަހު މެޗުގައި ކޭޕް ވާޑޭ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ކުރިން ނިއުކާސަލް އާއި ބްރައިޓަންއަށް ކޯޗުކަން ކޮށްދިން ހިއުޓަން ގާނާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭނާ މަގާމުން ވަކިކުރި ކަމަށް އިއުލާނު ކުރަމުން ގާނާގެ ފެޑަރޭޝަނުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ފުޓުބޯޅައިގެ ކުރިމަގަށް ގާނާއިން މަސައްކަތްތަކެއް އިއުލާނު ކުރާނެ ކަމަށާއި ނިންމުން ނިންމީ ޓެކްނިކަލީ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.
ގާނާގެ ކޯޗުކަމުގައި ހިއުޓަންގެ ކުރިން ހުރި އޮޓޯ އަޑޯ މަގާމުން ދުރަށް ޖެހިލީ 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕަށްފަހުއެވެ. އެ ވޯލްޑް ކަޕް ގްރޫޕް އެޗެއްގައި ގާނާ ނިންމާލީ ފުލުގައެވެ. މިދިޔަ ދެ މުބާރާތުގެ ނަތީޖާއާއެކު ގާނާ ފުޓުބޯޅައަށް އަވަސް ހައްލުތަކެއް ހޯދަން ޖެހިފައިވާ ކަމަށް އެސޯސިއޭޝަނުން ގަބޫލުކުރެއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން