ރާއްޖެއިން، ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމާ ގުޅޭގޮތުން، ރާއްޖެއިން ފްރާންސްގެ ސަރުކާރާ މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާ ބައްދަލުކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ބައްދަލުވުމުގައި ޒަމީރު ވަނީ ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓާ ކުޑަކުރުމާ ގުޅޭގޮތުން ސަފީރާ މަޝްވަރާކޮށްފައި ކަމަށެވެ.
އޭގެ އިތުރުން ޒަމީރު ވަނީ އިގުތިސާދީ ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ އެއްބާރުލުމާއި، ދެ ގައުމުގެ ގުޅުން އިތުރުކުރުމާއި، ޔޫރަޕަށް ދަތުރުކުރުމަށް ދިވެހި ރައްޔިތުންނަށް ފަސޭހަކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާ ވަނީ ދެގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަން ފާހަގަކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން، ޔޫރަޕަށް އެތެރެކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން ކުރީ ސަރުކާރުން ވެސް ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ޔޫރަޕުގެ ގައުމުތަކުގެ އިސްވެރިންނާއެކު މަޝްވަރާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު