ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ 17 މާޗް ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.
އިންތިހާބާބެހޭ ލަފާދޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނާއިބު ރައީސް އިސްލާއީލް ހަބިބު ވިދާޅުވީ، ރޯދަ މަހުގެ ހަތްވަނަ ދުވަސް ކަމަށްވާ 17 މާޗްގައި މަޖިލިސް އިންތިހާބު ބާއްވަން ނިިންމި ނިންމުމަކީ އިންތިހާބަކާ ގުޅިގެން އިސީން މިހާތަނަށް ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.
ލަފާދޭ ކޮމެޓީގެ މެންބަރުންވެސް ރޯދަމަހު އިންތިހާބު ބާއްވަން ދެކޮޅު ހައްދަވާފައިވާ ކަމަށާއި، ގިނަ ބޭފުޅުން ލަފާ ދެއްވީ ރޯދަމަހުގެ ފަހުން އިންތިހާބު ބޭއްވުމަށް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ނަމަވެސް ހަބީބު ވިދާޅުވި، ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވާ ނަމަ އޯލެވެލް އިނިްތިހާބު ކުރިއަށްގެންދަން ނިންމާފައި ވާތީ ސްކޫލްތައް ލިބެން ނެތުމުން ރޯދައިގެ ފަހުން އިންތިހާބު ބޭއްވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ. ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށާއި، ގާނޫނަށް ބަދަލު ނުގެނެސް ރޯދައިގެން ކުރިން އިންތިހާބު ބޭއްވޭނެ ގޮތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.
މާޗް 17 ގައި އިންތިހާބު ބާއްވާނެކަން އީސީން އިއުލާންކުރިއިރު، އެދުވަސް އޮތީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައެއްނޫނެވެ. އެކަމާ ގުޅިގެން ލަފާދޭ ކޮމިޓީގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅު ކުރިއެވެ. ބައެއް އިދާރާތަކުން ވެސް އެކަމާ ބެހޭގޮތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހަބީބު މިއަދު ވިދާޅުވީ ވޯޓުލާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި އަދި ހަމަޖައްސާފައި ނުވިނަމަވެސް އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 31އިން އަންނަ މަހުގެ 14އަށް ވަނީ ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު