މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހުމުންނެވެ. އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ފިރިހެން މީހާއަށް ފުވައްމުލަކު ހޮޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނައީ އެ ރޭގެ ވަގުތެއްގައެވެ.
އައިޖީއެމްއެޗަށް ގެނެސް އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އިމްޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ނާޒުުކު ކަމުން އައިސީޔޫއަށް ބަދަލުކުރީ އިއްޔެ އެވެ.
އެ މީހާ މިއަދު މަރުވެފައިވާކަން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އޮފިޝަލު ވިދާޅުވީ އޭނާ މަރުވީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު