ޖަޕާނުން ހަނދަށް ފޮނުވި އުޅަނދު ނިއްވާލައިފިއެވެ.
ޖަޕާނުން ހަނދަށް ފޮނުވާލި "މޫން ސްނައިޕާ" ކާމިޔާބުކަމާއެކު ހަނދަށް ޖައްސާފައިވާ ކަމަށް އެ ގައުމުގެ ޖައްވީ އިދާރާ ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން ބުނެފައިވީ ނަމަވެސް އެ އުޅަނދު މަސައްކަތް ކުރެވޭ ވަރަށް އޭގެ ބެޓެރީތަކުގައި ޗާޖު ނެތް ކަމަށް އެ އެޖެންސީން ބުނެއެވެ.
ޖަޕާން އެއިރޯ ސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން (ޖަޒާ) އިން ވަނީ އުޅަނދުގައި ހުރި ސޯލާ ޕެނަލްތައް މަސައްކަތް ނުކުރާ ކަމަށާއި ބެޓެރީތަކުން ޗާޖު ހުސްވުމާއެކު މުޅި އުޅަނދާއި ދުނިޔެއާ ގުޅުން ކެނޑޭނެކަމަށް ބުނެފައެވެ.
ޖަޒާއިން ވަނީ އުޅަނދުގެ ބެޓެރީތަކުގެ ޗާޖު އެއްކޮށް ހުސްކޮށްލުމުގެ ކުރިން އުޅަނދު ނިއްވާލާފައެވެ.
އޮފިޝަލުން ވަނީ އިރުގެ އަލި އުޅަނދަށް ލިބުމުން ސޯލާޕެނަލް ތަކުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް ބެލެވޭތީ އުއްމީދު ގެއްލުވައިނުލާކަމަށް ބުނެފައެވެ.
''މޫން ސްނައިޕަރ'' މިޝަންގައި އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ، ހަނދުގެ ދިރާސާކުރާ ރޯވާއެއްގެ އިތުރުން ޖަޕާނުން ވަނީ ޖައްވީ ސެޓަލައިޓެއް ވެސް ޖައްވަށް ފޮނުވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ