ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެހި ފިރިހެނަކު، ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.