ދިރާގުން ކުރިއަށްގެންދާ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލައިފިއެވެ.

އެ ޕްރޮމޯޝަންގެ އަގުހުރި އިނާމު ދައްކާލާފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.

'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް އެ ޕްރޮމޯޝަންގައި ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

އެ އިވެންޓުގައި ވާހަކަދައްކަވަމުން ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި އެ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު އާ ތަޖުރިބާއެއް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށް، ޓެސްލާ ކާރެއް ކާމިޔާބުކުރުމުގެ ފުރުސަތު އިތުރުކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://bit.ly/45R88YM އިން ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާ އިރު، އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެ ފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.