ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވުމުގެ ސަބަބުން ހާލު ދެރަވެގެން މަރުވި ކުއްޖާގެ މައްސަލައިގައި ކަންހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ ވާހަކަތަކުން އެކަމުގައި އިހުމާލުވާކަން އެނގޭ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި ދަ ޑިމޮކްރެޓްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ ޕާޓީން ބުނެފައި ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްއްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދި ވެސް ލިބެން ނެތުމާއެކު، ބަލިހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމުވެފައިވާކަން އަބަދުވެސް އެނގޭ އިރު، ބަލި މީހުން އިމެޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމު ކަމަށެވެ.
އަދި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހް ހާލިދު މަރުވި ހިތާމަވެރި ހާދިސާއިން ވެސް އެކަން އެހާ އިތުބާރާ އެކު ހަމަޖެހިފައި ނެތްކަން އެނގިގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
އަދި މި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރި މައުލޫމާތުން އެނގޭތީ، އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގައި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.
މީގެ އިތުރުން މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި، ޕޮލިސީތަކާއި އަދި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށްވެސް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު