ޗައިނާގެ ސްކޫލެއްގައި އަލިފާން ރޯވެ 13 ކުދިން މަރުވެއްޖެއެވެ.

ޗައިނާގެ މެދުތެރޭ ހެނާން ޕްރޮވިންސުގައި އިއްޔެ އެ ހާދިސާ ހިނގާފައި ވަނީ އެ ސްކޫލްގެ ހޮސްޓެލްގައެވެ.

އަލިފާނުގެ ހާދިސާގައި 13 ކުދީން މަރުވެފައިވާއިރު އެއްކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސްކޫލުގެ ޓީޗަރުންނާއި ހަވާލާދީ އެ ޕްރޮވިންސުގެ ނޫހަކުން ވަނީ މަރުވި ކުދީންނަކީ އެއް ގްރޭޑެއްގައި ކިޔަވާ، 9 އަހަރާއި 10 އަހަރާ ދެމެދުގެ ކުދީންކަމަށް ބުނެފައެވެ.

އޮފިޝަލުން ވަނީ އަލިފާނުގެ ހާދިސާ ހިނގި ސްކޫލް ހިމެނޭ ސަރަހައްދު ބަންދު ކޮށްފައިވާ ކަމަށާއި ތަހުގީގަށް ފުލުހުން އެ ސަހަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.

ޗައިނާގެ ޒިންހުއާ ނޫހުން ވަނީ އަލިފާން ރޯވި މައްސަލައިގައި އެ ސްކޫލުގެ އެކަކު ހައްޔަރު ކުރިކަމަށްވެސް ރިޕޯޓު ކޮށްފައެވެ.