ގއ. ވިލިނގިލިން ހާލު ދެރަވި ކުޑަކުއްޖާ މަރުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ނުގެނެވި ގިނަ އިރުވުމާ ގުޅިގެން ގިނަ ބަޔަކު އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލު ކައިރީގައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ.
އުމުރުން 13 އަހަރުގެ އެ ކުއްޖާ މިއަދު މަރުވެފައިވާ ކަމަށް އެ ކުއްޖާގެ ބައްޕަ މުހައްމަދު ހާލިދު "ވަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ހާލިދު ވިދާޅުވީ އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ނުގެނެވި ލަސްވީ ޝެޑިއުލް ފުލައިޓެއް ނިލިބިގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނެވުނީ މާލެ ގެނައުމަށް އެދުނުތާ 16 ގަޑިއިރު ފަހުންނެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އެ ކުއްޖާ މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު