ކޯމަސް ރައްކާތެރިކުރުމަށް ބޭ އޮފް ބިސްކޭގައި މަސްވެރިކަން ކުރުން މަނާކޮށްފިއެވެ.

އެޓްލާންޓިކް ކަނޑުގެ އިރު އުތުރުގައި ސެލްޓިކް ކަނޑާ ގުޅޭ ސަރަހައްދުގައި އޮންނަ ބޭ އޮފް ބިސްކޭ އަކީ ފްރާންސާއި ސްޕެއިނަށް ނިސްބަތްވާ ސަރަހައްދެކެވެ.

ބޭ އޮފް ބިސްކޭގައި މަސްވެރިކަން ކުރުން މަނާކޮށްފައިވަނީ ފްރާންސުންނެެވެ. އެ ގައުމުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ކޯމަހުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭ އޮފް ބިސްކޭ ހިމެނޭ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން އަންނަ ހޯމަ ދުވަހުން ފެށިގެން މަނާކުރުމަށް ނިންމައިފައެވެ.

ފްރާންސްގެ ސަރުކާރުން މިހާރު ވަނީ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބޭ އޮފް ބިސްކޭގައި މަސްވެރިކަން ކުރުން މަނާވާނެކަން އިއުލާންކޮށްފައެވެ.

ފްރާންސްގެ މެރިން އެކްސްޕާޓުން ބުނާގޮތުގައި ކޮންމެ އަހަރަކު 9000 އަށްވުރެ ގިނަ ކޯމަސް މަސްވެރިވެރިންނަށް މަސްވެރިކަމުގެ ތެރޭގައި އޮޅިގެން ބޭނެއެވެ.

ފްރާންސުން ބޭ އޮފް ބިސްކޭގައި މަސްވެރިކަން ކުރުން މަނާކުރުމާއެކު އެގައުމުގެ މަސްވެރިން ވަނީ އެކަމުގެ ސަބަބުން ގެއްލުންވާނެ ކަމަށްބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ފްރާންސްގެ ސަރުކާރުން ވަނީ މަސްވެރިންނަށް އެކަމުން ލިބިދާނެ ގެއްލުމުން އަރައިގަތުމަށް ބަދަލު ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.