އެފްރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގްރޫޕް އީގައި ރޭ ޓިއުނީޝިއާ ކައިިރިން ނަމީބިއާ މޮޅުވެއްޖެއެވެ.
އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްކޯންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިހާތަނަށް ވާދަވެރިކޮށް ގޮސްފައިވާ އިރު، ޓިއުނީޝިއާ ކައިރިން ނަމީބިއާ ރޭ ހޯދި 1-0 ގެ މޮޅަކީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ހައިރާންކުރުވަނިވި ނަތީޖާއެވެ.
ފީފާ ރޭންކިންގެ 115 ވަނައިގައި އޮތް ނަމީބިއާއިން އެ ގައުމުގެ ތާރީހުގައި ފުރަތަމަ އެފްކޯން މޮޅު ހޯދީ، 88 ވަނަ މިނެޓުގައި އެޓީމުން ޖެހި ގޯލުންނެވެ. އެ ގޯލު ޖަހައި ގައުމުގެ ނަން އެފްކޯން ތާރީހުގައި ލިޔެލީ ޑެއޯން ހޯޓޯއެވެ.
މީގެ ކުރިން ނަމީބިއާއިން އެފްކޯންގައި ޖުމުލަ ނުވަ މެޗެއް ކުޅުނު ނަމަވެސް، ރޭގެ މެޗަށް ނުކުތް އިރު، އެފްކޯންގައި މޮޅެއް ހޯދިފައެއް ނެތެވެ. އެހެންކަމުން އެއީ ގައުމުގެ ފުޓުބޯޅައަށް ލިބުނު ބޮޑު ކާމިޔަބީއެކެވެ. 2004 ވަނަ އަހަރު އެފްކޯން ޗެމްޕިއަންކަން ހޯދި ޓިއުނީޝިއާ މިވަގުތުވެސް އޮތީ ފީފާ ރޭންކިންގައި ނަމީބިއާއަށްވުރެ 87 ދަރަޖަ މަތީގައެވެ.
އެފްކޯންގެ ގްރޫޕް އީގައި ރޭ މާލީން ވަނީ ދެކުނު އެފްރިކާ ކައިރިން 2-0 އިން މޮޅުވެފައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން