މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލޭ ސިޓީގެ މޭޔަރުގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.
އީސީން މިއަދު އާންމުކުރި ރަސްމީ ނަތީޖާގައިވާ ގޮތުން، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމަށް ލިބިވަޑައިގެންނެވީ 7،621 ވޯޓެވެ. އެއީ އިންތިހާބުގެ 44.81 ޕަސަންޓެވެ. ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ. އެއީ އިންތިހާބުގެ 29.58 ޕަސަންޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ސައިފު ފާތިހުއަށް 2،343 ވޯޓު ލިބިވަޑައިގެންނެވި އިރު، އެއީ އިންތިހާބުގެ 13.78 ޕަސަންޓެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި ހުސެއިން ވަހީދަށް ލިބިވަޑައިގެންނެވީ 1،888 ވޯޓެވެ. އެއީ އިންތިހާބުގެ 11.10 ޕަސަންޓެވެ. އަދި ޝުއައިބު އަލީއަށް 125 ވޯޓު ލިބިވަޑައިގެންނެވި އިރު، އެއީ އިންތިހާބުގެ 0.73 ޕަސަންޓެވެ.
- އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ރިޝްވާން - 320 ވޯޓު، 30.65 ޕަސަންޓު
- ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ފާތިމަތު ޝައުފު ސަލީމް - 305 ވޯޓު، 21.93 ޕަސަންޓު
- އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު ޒައިން ހަސަން - 190 ވޯޓު، 10.20 ޕަސަންޓު
- އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުﷲ އަތޫފު - 229 ވޯޓު، 21.93 ޕަސަންޓު
- ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ހަސަން ނިޒާމް - 383 ވޯޓު، 35.36 ޕަސަންޓު
- އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު އިމްރާން - 343 ވޯޓު، 31.67 ޕަސަންޓު
- އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު މައިޒަރު އާދަމް ޒާހިރު - 215 ވޯޓު، 19.85 ޕަސަންޓު
- ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އަލީ އިސްހާގު - 84 ވޯޓު، 7.76 ޕަސަންޓު
- އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު ރަފީއު - 58 ވޯޓު، 5.36 ޕަސަންޓު
- ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި އާމިނަތު ރިޝްފާ އަހުމަދު - 411 ވޯޓު، 40.37 ޕަސަންޓު
- އަމިއްލަ ގޮތުން ވާދަކުރެއްވި އާއިޝަތު އަފްނާން އަލީ - 160 ވޯޓު، 15.72 ޕަސަންޓު
- އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހައްވާ ނިހުލާ - 308 ވޯޓު، 30.26 ޕަސަންޓު
- ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އާއިޝަތު ލީނާ - 139 ވޯޓު، 13.65 ޕަސަންޓު
ޚަބަރު
ޚަބަރު
ޚަބަރު