ޓެކްސް ދައްކާ މީހުންނާއި ވިޔަފާރިތަކުގެ އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކްސް ރޫލިންއެއް އިއްޔެ ނެރެފިއެވެ.
މީރާއިން އިއްޔެ އާންމުކުރި ޓެކްސް ރޫލިންގައި ވާގޮތުން، ދައުލަތުގެ އޮފީހަކަށް ނުވތަ ކޮމިޝަނާ ޖެނެރަލް ހުއްދަދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް ޑޮނޭޝަން (ހަދިޔާ)ގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާއަކީ، އެ ފައިސާ ދިން ހިސާބުކުރާ މުއްދަތުގައި އެ މީހެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށެވެ.
މިގޮތަށް ފައިސާ ހަދިޔާ ކުރާ ޖަމިއްޔާއަކީ މީރާއިން ޝާއިއުކޮށްފައިވާ ޖަމިއްޔާތަކުގެ ލިސްޓުގައި ހިމެނޭ ޖަމިއްޔާއަކަށް ވާން ޖެހެ އެވެ. މި ފައިސާ އުނިކުރެވޭނީ ޓެކްސް ފައިސާ ހިސާބުކުރާ މުއްދަތުގެ ތެރޭގައި ހަދިޔާ ކުރި ފައިސާ ނަމައެވެ.
މީރާގެ ރޫލިންގައިވާ ގޮތުން އެއްވެސް ޖަމިއްޔާއަކަށް މުދަލުން ނުވަތަ ހިދުމަތުން ދޭ ހަދިޔާތައް ޓެކްސްއިން އުނި ނުކުރެވޭނެއެވެ.
މި ރޫލިން އަށް އަމަލުކުރަން ފަށަނީ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް މީރާއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު