ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުގައި މިހާރު ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކާޑުގެ ބާވަތްތަކާއި ކެއިން ބުއިމަށް އާންމުކޮށް ބޭނުން ކުރާ އެހެނިހެން ބާވަތްތައް ރާއްޖެ ގެނައުމަށް އެކި ގައުމުތަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށެވެ.
އެގޮތުން، ތުރުކީއާއެކު އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަނޑޫ، ހަކުރު ފުށާއި އެކި ބާވަތްތައް ތުރުކީއިން މިހާރު އެއް އަހަރާއި އިތުރު ދިހަ އިންސައްތައަށް ވާ ވަރަށް ލިބުމަށް އެއްބަސްވުން ވަނީ ހެދިފައި، ތުރުކީއިން އަހަރަކާއި އިތުރު ދިހަ އިންސައްތައަށްވާ ވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެއްބަސްވުމުގައި މިހާރު ވާނީ ސޮއި ކޮށްފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށެވެ.
ރާއްޖެއިން މިހާރު އާންމުކޮށް ކާޑުގެ ބާވަތްތައް ގެންނަަނީ އަވަށްޓެރި އިންޑިއާއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު