ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިގުތިސޯދު ތަރައްގީ ކުރުމަށް މިހާރު ނިންމާފައިވާ ގޮތަށް، ސްޕެޝިއަލް އިކޮނޮމިކް ޒޯންތައް ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދަން ނިންމާފައިވާ ކަމަށާއި އޭގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ރާއްޖެ ވައްޓާލާފައިވާ ދަރަނީގެ ދަންތުރަތަކުން ސަލާމް ކުރާނީ އެފަދަ ކަންކަމުގެ ތެރެއިން ކަމަށެވެ. އަދި މިނިވަންކަން ގާއިމު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާސަންދައިގެ ހިދުމަތަކީ ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީތަކުން ލިބޭ ހިދުމަތެއްގެ ބަދަލުގައި، އެ ހިދުމަތް އެހެން ގައުމުތަކަށްވެސް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީއަށާއި ތައިލޭންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާ ކުރާނަން. އަދި އެތަނަށް ދާއިރުގައި އެކަމަޑޭޝަން އެކްސްޕެންސެސްވެސް ހިމެނޭ ގޮތަށް އަޅުގަނޑުމެން އާސަންދަ ފުޅާ ކުރާނަން،" ރައީސް ވިދާޅުވިއެވެ.
މިގައުމުގެ ސިއްހީ ނިޒާމު ތަރައްގީވަންދެން ރައްޔިތުން ދާނީ ދުބާއީއަށާއި ބެންކޮކްގައި ހުންނަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް ކަމަށާއި އެއީ އެކޮމޮޑޭޝަން ހަރަދުވެސް އާސަންދައިން ހަމަޖެހިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު