ޗައިނާއަށް ޖާސޫސު ކޮށްދިންކަމުގެ ކުށުގައި އެމެރިކާގެ ނޭވީ ސިފައިންގެ މީހަކު ޖަލަށްލައިފިއެވެ.
އެމެރިކާގެ ވެންހެންގް ޒާއޯ ނަމަކަށް ކިޔާ ނޭވީ ސިފައިންގެ މީހާ ޖަލަށް ލާފައި ވާއިރު، އޭނާ ކެލިފޯނިއާގެ ނޭވަލް ބޭސްގައި މަސައްކަތް ކުރުމުގެ ތެރޭގައި އެތަނުގެ ސިއްރު މައުލޫމާތު ހިމެނޭ ކަރުދާސްތަކެއް ޗައިނާއަށް ހިއްސާކުރިކަން ވަނީ ހާމަވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަހުގީގަށް ހާމަވި މައުލޫމާތުތަކަށް ބަލައި އެމެރިކާގެ ކަމާބެހޭ އިދާރާއިން ވަނީ ޒާއޯ ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމުގެ އިތުރުން 14،866 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
ޒާއޯ ޗައިނާއާ ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ހިންގާފައިވާ މިލިޓަރީ އެކްސަސައިޒްތަކާއި އޮޕަރޭޝަނަލް އޯޑަރު ތަކުގެ އިތުރުން ނޭވަލް ބޭސްގެ އިމާރާތާ ބެހޭ މައުލޫމާތުތަކެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ޒާއޯ އޭނާގެ ހުނަރު ބޭނުންކޮށްގެން މައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ހިއްސާކުރާ ޗައިނާގެ ސްޕައި މީހާއާއި އޮންނަ ގުޅުން ފަހުން މުޅިން ކަނޑާލި ކަމަށްވެސް ބުނެފައެވެ.
ޒާއޯ އަކީ ޗައިނާއަށް އުފަން އެމެރިކާގައި ރަށްވެހި ވެފައިވާ މީހެކެވެ. 2009 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކޮށް އެ ގައުމުގެ ރަށްވެއްސަކަށް 2012 ވަނަ އަހަރު ވުމަށްފަހު އޭނާ ވަނީ އެމެރިކާގެ ނޭވީގައި މަސައްކަތް ކުރަން ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ