މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފުރަތަމަ އަންހެން ޗެއާޕަސަނަކަށް އާމިނަތު ހަމީދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ މަގާމަށް އާމިނަތު އައްޔަންކުރެއްވީ މިއަދެވެ. އޭނާ އޮފީހަށް ނުކުންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެންނެވެ.

އާމިނަތު ވަނީ މީގެ ކުރިން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑު މެންބަރުކަމާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ އެސިސްޓެންޓް އަންޑާ ސެކްރެޓަރީގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓަރު އަދި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފިއެވެ.

އާމިނަތަކީ އެކައުންޓިން އެންޑް ފައިނޭންސް އިން ބެޗްލާސް އޮފް އާޓްސްއާއި ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާކެޓިން އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.