ޖަޕާނަށް އައި ބިންހެލުމުގައި 200 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
މިމަހުގެ އެއްވަނަ ދުވަހު ޖަޕާނަށް އައި 7.6 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އެގައުމުގެ ހުޅަނގު އައްސޭރިފަށުގެ އަވަށަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ބާރުގަދަ ބިންހެލުމަށްފަހު ކުދި ލޮޅުންތައް އަދިވެސް އަންނަމުންދާ އިރު، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ އިމާރާތްތަކުގެ ދަށުން މީހުން ހޯދަމުންނެވެ.
ޖަޕާނުގެ ރެސްކިއު އޮފިޝަލުން ވަނީ އެގައުމަށް ބިންހެލުމުގައި ވެއެޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ ގެއްލިފައިވާ 242 މީހުން ތިބި ކަމަށް ބުނެފައެވެ.
ރެސްކިއު މިޝަންގައި ޖަޕާނުގެ ޑިފެންސުގެ 4600 މީހުން ބައިވެރިވާ އިރު، އެ މަސައްކަތް ހުއްޓާނުލުމަށް އެގައުމުގެ ބޮޑުވަޒީރު ފުމިކޯ ކިޝިޑާ ވަނީ އަންގަވައިފައެވެ.
ބިންހެލުމަށްފަހު އެގައުމުން 10،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ވަގުތީ ހިޔާވަހިތަކުގައި ތިބި އިރު، އެތައް ހާސްބަޔަކަށް ވަނީ ކަރަންޓާއި ފެން ލިބުމުގައި ދަތިވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ