އިރާނުގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގައިފިއެވެ.

އިރާނުގެ ކުރީގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް އޭނާގެ މަހާނަ ހުންނަ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައި ތިއްބާ އިއްޔެ ދިން ހަމަލާގައި 103 މީހުން މަރުވިއެވެ. އަދި 188 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާދީފައިވާ ކަމަށް އިރާނުގެ އޮފިޝަލުން ބުނެއެވެ.

އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނެގިކަން ހާމަކޮށް ޓެލެގްރާމް ގުރޫޕެއްގައި ވަނީ ބަޔާނެއް ނެރެފައެވެ.

އިރާނުގެ ކުރީގެ އަސްކަރީ ކޮމާންޑަރު ސުލައިމާނީ މަރާލާފައިވަނީ މީގެ ހަތަރު އަހަރު ކުރިން އެމެރިކާގެ ކުރީގެ ރައީސް ޑްނަލްޑް ޓްރަމްޕްގެ އަމުރަކަށް އެމެރިކާގެ އަސްކަރީން ވައިގެ މަގުން ދިން ހަމަލާއެއްގައެވެ.