ގައުމީ ބިލްޑް އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާ ކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އެ އެކްސްޕޯއަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ބާއްވާ އިވެންޓެކެވެ.

މި އަހަރުގެ ބިލްޑް އެކްސްޕޯ ބާއްވަން ނިންމާފައިވަނީ މި މަހުގެ 11 އިން 14 އަށެވެ. މިއީ އެ އެކްސްޕޯ ބާއްވާ ތިންވަނަ އަހަރެވެ.

ބިލްޑް އެކްސްޕޯގައި ކޮންސްޓްރަކްޝަން ދާއިރާގެ 70 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެ ފަރާތްތަކުގެ އުފެއްދުންތަކާއި އުފެއްދުންތައް ދައްކާލާނެއެވެ. އެގޮތުން އިމާރާތްކުރުމާއި ގުޅުންހުރި ތަފާތު ތަކެއްޗާއި ބޮޑެތި މެޝިނަރީތައްވެސް އެ އެކްސްޕޯގެ ތެރެއިން ފެނިގެންދާނެއެވެ.