އިރާނުގައި އިއްޔެ ދިން ބޮމުގެ ހަމަލާއެއްގައި 103 މީހުން މަރުވެއްޖެއެވެ.
އިރާނުގެ ކުރީގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައި އޮތް ވަގުތެއްގައި އެ ހަމަލާ ދީފައިވަނީ ސުލައިމާނީގެ މަހާނަ ހިމެނޭ ސަރަހައްދުގައި ބާއްވާފައި އޮތް ދެ ބޮމެއް ރިމޯޓު ބޭނުން ކޮށްގެން ގޮއްވާލައިގެންނެވެ.
އެ ހާދިސާގައި 103 މީހުން މަރުވެފައިވާއިރު 188 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާދީފައިވާ ކަމަށް އިރާނުގެ އޮފިޝަލުން ބުނެއެވެ.
ބޮން ގޮއްވާލި ހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައިނުވާއިރު އެއީ ޓެރަރިސްޓު ހަމަލާއެއްކަމަށް އިރާނުން ވަނީ ބުނެފައެވެ.
އިރާނުގެ ކުރީގެ އަސްކަރީ ކޮމާންޑަރު ސުލައިމާނީ މަރާލާފައިވަނީ މީގެ ހަތަރު އަހަރު ކުރިން އެމެރިކާގެ ކުރީގެ ރައީސް ޑްނަލްޑް ޓްރަމްޕްގެ އަމުރަކަށް އެމެރިކާގެ އަސްކަރީން ވައިގެ މަގުން ދިން ހަމަލާއެއްގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ