ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖެއިމްޔުންގްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އޭނާގެ ކަރަށް ވަޅި ހަރާފައިވަނީ ބުސާންއަށް ޒިޔާރަތް ކުރައްވައި ނޫސްވެރިންނާ ބައްދަލުކުރައްވަނިކޮށް، އެތަނުގައި ހުރި މީހެކެވެ. އެ މީހާ ޖެއިމްޔުންގެ ކައިރިއަށް ދިޔައީ ސަޕޯޓަރަކަށް ހެދިގެން އޮޓޯގްރާފް ހޯދަން ކަމަށް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖެއިމްޔަންގް އަށް ހަމަލާ ދިނީ 30 ސެންޓިމީޓަރު ދިގު ވަޅިއަކުންނެވެ. އަދި ހަމަލާ ދިން މީހާ އެ ތަނުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެއެވެ.
ދެކުނު ކޮރެއާގެ މީޑިއާތަކުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާއަށްފަހު ޖެއިމްޔުންގް ބިން މަށްޗަށް ވެއްޓެއެވެ. އަދި އޭނާގެ ކައިރީގައި ތިބި ސެކިއުރިޓީން ލޭ މަނާ ކުރުމަށް ކަރުގައި ފޮތިގަނޑެއް އަޅައިގެން ތިބުމަށްފަހު ސްޓްރެޗަރަށް ލައިގެން ހޮސްޕިޓަލަށް ގެންދާތަން ފެނެއެއެވެ.
ލީ ޖެއިމްޔުންގްގެ ސިޔާސީ ހަޔާތް ފެއްޓެވީ 2010 ވަނަ އަހަރު ސޯލްގެ މޭޔަރު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހުއެވެ. އެ ފަހުން އޭނާ ވަނީ 2022 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު