އުތުރު ކޮރެއާގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މި އަހަރު އިތުރު ތިން ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
އުތުރު ކޮރެއާ އިން މިދިޔަ ނޮވެމްބަރު މަހުވެސް ވަނީ ޖާސޫސީ ސެޓެލައިޓެއް ފޮނުވާލައި، ކޮރެއަން ފެނިންސިއުލާގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތަކަށް އެ ގައުމުގެ ބާރުގަދަކަން ދައްކާލައިފައެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ އާއެކު އަހަރު ނިމުމުގެ ހާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ކިމް ވަނީ އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ ގުޅުން ބަދަހިކުރުމަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި ދެކުނުން އަބަދުވެސް ދަނީ އެ ގައުމަށް ބިރު ދައްކަމުން ކަމަށް ބުނެފައެވެ.
ދެ ކޮރެއާ ގުޅޭ ސަރަހައްދުގައި އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ދެ ކޮރެއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަ އިތުރަށް ވަނީ ގޯސްވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ