ރާއްޖެއަށް ހަތަރު ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުންތައް އައިސްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކައިރިއަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ނަމަވެސް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖެއަށް ހަތަރު ބިންހެލުމެއް އައިސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން ފުރަތަމަ ބިންހެލުން އައިސްފައިވަނީ 4.8 މެގްނެޓިއުޑްގެ ބާރު މިނުގައެވެ.
ދެވަނަ ބިންހެލުން 5.2 މެގްނެޓިއުޑްގެ ބާރުމިނުގައި އައިސްފައިވާ އިރު، ތިން ވަނަ ބިންހެލުން އައިސްފައިވަނީ 5.8 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. އަދި ހަތަރު ވަނަ ބިންހެލުން އައިސްފައިވަނީ 5 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.
ފުރަތަމަ ދެ ބިންހެލުމާއި ފަހު ބިންހެލުން އައިސްފައިވަނީ 10 ކިލޯ މީޓަރު އަޑިންނެވެ. އަދި އެންމެ ބާރުގަދަ ބިންހެލުން އައިސްފައިވަނީ 7.7 ކިލޯ މީޓަރު އަޑިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު