އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކަށް ދެކުނު ކޮރެއާއިން ތައްޔާރުވާން ފަށައިފިއެވެ.
ދެކޮރެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ހަމަނުޖެހުން މިފަހުން ގޯސްވެފައިވަނީ އުތުރު ކޮރެއާއިން ސްޕައި ސެޓަލައިޓެއް ފޮނުވައި އެސެޓަލައިޓުގެ ބޭނުން ކުރަން ފެށުމުން ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮރެއަން ޕެނިންސިއުލާ ހިމެނޭ ގައުމުތަކުން ވެސް ވަނީ އެގައުމުތަކުގެ ސަލާމަތީ ކަންކަން ވެސް ކުރިއަށްވުރެ މަތިކޮށްފައެވެ.
ދެކުނު ކޮރެއާއިން ވަނީ އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން ދެކުނުން ވަނީ 1000 އަށްވުރެ ގިނަ ސިފައިން ބޭނުންކޮށްގެން ތަމްރީނުތަކެއް ފަށައިފައެވެ.
ދެކުނު ކޮރެއާގެ މިލިޓަރީގެ އިތުރުން ފުލުހުންނާއި އިމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ގުޅިގެން ބުދަ ދުވަހު ވަނީ ޑްރިލް ތަކެއް ބާއްވައިފައެވެ.
ދެކުނު ކޮރެއާއިން ބޭއްވި ޑިރިލް ތަކުގައި އުތުރު ކޮރެއާއިން ދީފާނެ ހަމަލާއެއް ސިފަވާގޮތަށް މަންޒަރު ކުޅެ ޑްރިލް ވަނީ ބާއްވައިފައެވެ. އޭގެތެރޭގައި އެގައުމުގެ ފެނުގެ ސަޕްލައިއަށް ދީފާނެ ހަމަލާ އަކާއި ކަރަންޓާއި ފޯނު ނެޓްވޯކަކަށް ދީފާނެ ހަމަލާއެއް އަތުވެއްޖެ ނަމަ އަމަލު ކުރާނެ ގޮތްތަކެއް ވަނީ ތަމްރީނު ކޮށްފައެވެ.
ދެކުނު ކުރެއާގެ ވެރިރަށް ސޯލް ހުންނަނީ އުތުރު ކޮރެއާ ބޯޑަރާ 38 ކިލޯމީޓަރުގައެވެ. މިއީ އުތުރު ކޮރެއާއިން ފަސޭހަކަމާ އެކު ހަމަލާ ދޭނެ ގާބިލުކަން ލިބިފައިވާ ދުރުމިނެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ