އައްޑޫ ސިޓީ ހިތަދޫގައި ހުރި ފައިވާން ގުދަނެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ ގުރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހިތަދޫ ފެބްރުއަރީގެ ކައިރީގައި ހުރި އެ ގުދަނުގައި ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސަދާން އޭރިއާ ކޮމާންޑު ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަހުމަދު ސައީދު އެކަމާ ގުޅިގެން "ވަން" އަށް ވިދާޅުވީ ގުދަން ތެރޭގައި ހުރި ހުރިހާ އެއްޗެއް އަނދާފައިވާ ކަމަށެވެ. އަދިވެސް އެއްކޮށް އަލިފާންގަނޑު ނިއްވައިނުލެވޭ ކަމަށް ވިދާޅުވިއެވެ.