ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދުއަށް ފަށައިފިއެވެ.
މޯލްޑިވިއަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުޅަދުއަށް މިއަދު ޝެޑިއުލް ސީޕްލޭން ދަތުރުތައް ފަށާފައިވާ ކަމަށާއި މި ދަތުރުތައް އޮންނާނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ޓޫރިޒަމް އިތުރަށް ފުޅާވެ، އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ، ބަލައިލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބި، ތަފާތު ތަޖުރިބާއެއް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.
ފުޅަދުއަށް ދަތުރުތައް ކުރަން ނިންމާފައިވަނީ ބ. އަތޮޅުގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
އެކަމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އިއްޔެ ވިދާޅުވީ ފުޅަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ އުފާކުރާ ކަމެއް ކަމަށާއި އެ އިސްނެގުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިތުރު މީހުން އެ މަންޒިލުތަކަށް ޒިޔާރަތްކުރުމަށް ޝައުގުވެރިކަން އުފެއްދުމަށް މޯލްޑިވިއަނުން ގެންގުޅޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
"ސީޕްލޭނުން ދަތުރުކުރުމަކީ، އެހެން ދަތުރުފަތުރުގެ ނިޒާމުތަކާ މުޅިން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ކަމެއް. ޝައުގު އުފައްދައި، ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަނުން މިއަހަރުގެ ބޮޑު އީދު ޗުއްޓީއާ ދިމާކޮށް ވެސް ފުޅަދުއަށް ސީޕްލޭން ދަތުރުތަކެއް ބާއްވާފައިވާ އިރު، އެފަހަރު ވަނީ ހަތަރު ދުވަހަކު ދަތުރުތައް ބާއްވައިފައެވެ. ފުޅަދޫ ކައިރީގައި އޮންނަ ބ. ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ އަކީ ވެސް ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށްތަކެކެވެ.
ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގައި ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދުފުޅެކެވެ.
ބ. އަތޮޅަކީ ރާއްޖޭގެ މަޝްހޫރު މަންޓާ ޕޮއިންޓް، "ހަނިފަރު ބޭ" ވެސް އޮންނަ އަތޮޅެވެ. އެހެންކަމުން މަންޓާތަކާ އެކު ފީނާލުމުގެ ތަޖުރިބާ ކޮށްލުމަށާއި ބ. އަތޮޅުގެ ގުދުރަތީ ރީތި މަންޒަރުތައް މަތިން ބަލައިލަން މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެއީ ރާއްޖޭގެ ގުދުރަތީ ނަލަ މަންޒަރުތައް މަތިން، އެންމެ ފުރިހަމަކޮށް ބަލައިލަން އެންމެ "ސަޅިވާނީ" ސީޕްލޭނުންމޯލްޑިވިއަންގެ ފްލައިޓްތައް ށ. ފުޅަދުއަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު