އެމެރިކާއިން ސައުދީގައި އެއް ބިލިއަން ޑޮލަރުގެ އަގުހުރި މިލިޓަރީ ޓްރޭނިން ހިންގަން ނިންމައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ވަނީ އެ ގައުމުން ސައުދީއަށް ހާއްސަ މިލިޓަރީ ޓްރޭނިން ތަކެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން މި ތަމްރީނުތައް ދިނުމަށް އެއްބަސްވެފައި ވަނީ އެ ގައުމުން ސައުދީއަށް 582 މިލިއަން ޑޮލަރުގެ ވައިގެ ސަލާމަތާ ގުޅޭ އާލާތްތައް ވިއްކުމަށް އެއްބަސްވިތާ މަސްދުވަސް ވެސް ނުވަނީސް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސައުދީން ވަނީ އެމެރިކާއާ އެކު އޮތް މިލިޓަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުސްތަގުބަލުގައި ވެސް ގިނަ އެއްބަސްވުންތަކެއް ވުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

މި ޓްރޭނިންތަކުގައި ހަރަކާތްތެރިވުމަށް އެމެރިކާގެ 339 ސިފައިން ސައުދީގައި އެއް އަހަރު ދުވަހަށް ކޭމްޕު ކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ. ދެގައުމު ގުޅިގެން މިއަހަރުގެ މިހާތަނަށް ދެ ފަހަރެއްގެ މަތިން މިލިޓަރީ ތަމްރީނުތައް ހިންގާފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.