މިއަހަރުގެ ބޮޑީބޯޑިން ލީގުގެ އެންމެފަހު އިވެންޓް ކަމަށްވާ ބަނޑުފިލާ ޗެލެންޖްގެ ފޯރިގަދަ ފައިނަލް ހީޓުގެ އިވެންޓްތަކަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ ހަފުތާ އާދީއްތަ ދުވަހު ގައުމީ ބަނޑުފިލާ ޗެލެންޖް މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ފެށިގެން ކުރިއަށް ދިޔަ އިރު، އެންމެ ފޯރިގަދަކޮށް އަބަދުވެސް ފެންނަ މެންސް އޯޕަން ބައިގެ ފައިނަލަށް މިފަހަރު ދިޔައީ މުހައްމަދު އަޒާން އަހުމަދާއި އަލީ ޖާވިދެވެ.

އެ އިވެންޓުގެ ފައިނަލަށް އަޒާން ދަތުރުކުރުންވީ ހައިރާން ކަމަކަށެވެ. ޖޫނިއާ ފައިނަލަށްވެސް ދަތުރުކުރި އަޒާން އޯޕަން ބައިގެ ފައިނަލަށް ދަތުރުކުރީ ހަތަރުވަނަ ބުރުގައި ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ބޮޑީބޯޑިން އެތުލީޓް އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށް، ކުއާޓާ ފައިނަލުގައި އަލީ ޝާމް ރާފިއުވެސް ކަޓުވާލައިފައެވެ.

ޖޫނިއާ ފައިނަލުގައި އަޒާނާ ދެކޮޅަށް ނުކުންނާނީ އާމިން އުމަރު މޫސާއެވެ. މިފަހަރު އަންހެން ޑިވިޝަނާއި ޑްރޮޕް ނީ ކެޓަގަރީ ކުރިއަށް ގެންގޮސްފައިނުވާ އިރު، ޑްރޮޕް ނީ ކެޓަގަރީގައި ވާދަކުރާނީ ކުޑަ އައްޔައާއި އާމިން އުމަރު މޫސާއެވެ.

ފައިނަލް ހީޓުތައް މޫސުން ތަންދޭނަމަ، މިއަދު މެންދުރުފަހު 2:30 ގައި ފެށޭނެއެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހަވީރުއެވެ.