މިއަހަރުގެ ބޮޑީބޯޑިން ލީގުގެ ދެވަނަ އިވެންޓް، ކ. ތުލުސްދޫގައި ކުރިއަށް ގެންދިޔަ ރަނދާ ބޮޑީބޯޑިން ޗެލެންޖް 2026 ގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން އަޝްރަފް ހަސަން ހޯދައިފިއެވެ.
ތުލުސްދޫގައި ދާދިފަހުން ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވްސް ޕްރޯވެސް ކުރިއަށް ގެންގޮސްފައިވާ އިރު، މިއީ މާލޭން ބޭރުގައި ބޮޑީބޯޑިން ލީގު އިވެންޓެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.
އަޝްރަފް، 2023 ވަނަ އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ މެންސް އޯޕަން އާއި މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަން ޗެމްޕިއަންކަން ކުރިން ހޯދާފައިވާ އިރު، މިފަހަރު އޯޕަން ބައިގެ ފައިނަލުގައި ވާދަކުރީ މިއަހަރުގެ ފުރަތަމަ އިވެންޓް، ބުރުނު ޝިކާރުގެ ޗެމްޕިއަން އާމިން އުމަރު މޫސާއާ ދެކޮޅަށެވެ.
ފައިނަލް ވާދަވެރިކޮށް ގޮސްފައިވާ އިރު، އަޝްރަފްގެ ސްކޯއަކީ 16.37 އެކެވެ. އާމިންގެ ސްކޯއަކީ 16.00 އެކެވެ. އަޝްރަފް ޗެމްޕިއަންކަން ހޯދީ އޭނާގެ އެންމެ ފަހު ދެ ރާޅުން 9.17 އަދި 7.20 ގެ ސްކޯއެއް ހޯދައިގެންނެވެ. އާމިންގެ އެންމެ ނަތީޖާ ރަނގަޅު ދެ ރާޅުގެ ސްކޯއަކީ 7.33 އަދި 8.67 އެކެވެ.
ރަނދާ ބޮޑީބޯޑިން ޗެލެންޖްގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީ މުހައްމަދު ލިބާނެވެ. އެއީ ފައިނަލުގައި އަހުމަދު ޖިވާއު ޖިހާދާ ވާދަކޮށްގެންނެވެ. ދެން ރަނދާ އިވެންޓްގައި ކުރިއަށް ގެންގޮސްފައި ވަނީ ޑްރޮޕް ނީ ކެޓަގަރީއެވެ. އެ ކެޓެގަރީގެ ޗެމްޕިއަންކަން އާމިން ހޯދީ އަޝްރަފާ ވާދަކޮށްގެންނެވެ.
މުޙައްމަދު ޝަމްޢޫން
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
ކޮމެންޓް