މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފަސްކުރަން ޖެހިފައިވާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް، މިމަހުގެ 26 ވަނަ ދުވަހު ފަށަން ތާވަލުކޮށް، މިއަދު ގުރުއަތު ނަގައިފިއެވެ.
އެފްއޭއެމްގެ ފައިސާގެ ހާލަތު ދަށްވެ، އިދާރީ ހިންގުން ހުއްޓުމާއެކު ދެވަނަ ޑިވިޝަން ފެށުން ވަރަށް ބޮޑަށް ފަސްވެގެން ދިޔުމާއެކު، ކްލަބުތަކަށް ވަނީ ބޮޑެތި މާލީ ދަތިތަކެއް އޭގެ ސަބަބުން ދިމާވެފައެވެ. އެ ޝަކުވާ ކްލަބުތަކުން ސަރުކާރަށްވެސް ހުށަހަޅާފައިވާ އިރު، މިއަހަރުގެ މުބާރާތުގައި ވާދަކުރާނީ 15 ޓީމަކުންނެވެ.
މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އިރު، ގްރޫޕެއްގައި ހިމެނޭނީ ފަސް ޓީމެކެވެ. ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމަށް ކުއާޓާ ފައިނަލްގެ އޮޓޮމެޓިކް ޖާގައެއް ލިބޭ އިރު، ދެން ކުއާޓާއަށް ދާނީ ތިން ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރެއިން ދެ ޓީމެވެ. މިފަހަރު އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވާނީ ފައިނަލަށް ދާ ދެ ޓީމެވެ. އެހެންކަމުން އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުގައި ޖުމުލަ 10 ޓީމު ހިމެނޭނެ ކަމަށް ބެލެވެއެވެ. އެއީ މިފަހަރު ރެލިގޭޝަން ކުޅެފައި ނުވާތީއެވެ.
- ގްރޫޕް އޭ: މަސްއޮޑި ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްްސް ކްލަބް، ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، އެލްޓީ ސްޕޯޓްސް ކްލަބް
- ގްރޫޕް ބީ: ބީޖީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްްޕޯޓްސް ކްލަބް، ކްލަބް ޓީނޭޖް، ޓެންޓް ސްޕޯޓްސް ކްލަބް
- ގްރޫޕް ސީ: ކްލަބް ޕީކޭ، ވިކްޓަރީ ސްޕޯޓްސް ކްލަބް، ލޮރެންޒޯ، ބިސް ބުރު ސްޕޯޓްސް، ލެގޫންސް
ދެވަނަ ޑިވިޝަނުގެ ކްލަބުތަކުން މިހާރު ގިނަ ދުވަސްތަކެއް ވަންދެން ޕްރެކްޓިސްތައް ކޮށްފައިވާ އިރު، އެޓީމުތަކުން ބިދޭސީ ކުޅުންތެރިންނާއެކުވެސް އެއްބަސްވުންތައް ހެދީ މިމަހު މުބާރާތް ނިމޭނެ ކަމަށް ބަލައިގެންނެވެ. އެހެންނަމަވެސް، ތާވަލުގައިވާ ގޮތުން، މުބާރާތް ނިމޭނީ ފެބްރުއަރީ 15 ވަނަ ދުވަހަށެވެ. އެހެންކަމުން އެކަންތައް ވެގެންދާނީ ކްލަބުތަކުން އަނެއްކާވެސް ބުރައަކަށެވެ.
ދެވަނަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި، މަހިބަދޫ ސްޕީޓްސް ކްލަބުން މަސްއޮޑި އެސްސީއާ ދެކޮޅަށް ނުކުންނާނީ 26 ވަނަ ދުވަހު ހަވީރުއެވެ. ގައުމީ ދަނޑުގައި ލައިޓް ސިސްޓަމް މައްސަލަ ޖެހިފައި އޮތުމުން، މެޗުތައް ކުޅޭނީ ހަވީރު އެކަންޏެވެ. ދެވަނަ ޑިވިޝަނުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޕީއެލްއެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް