ވިލިމާލޭގައި ގެނބުނު އަންހެނަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވިލިމާލޭ ބާބަކިއު ސަރަހައްދުގެ މޫދުގައި އަންހެނަކު ގެނބޭކަމަށް ރޭ 12:31 ހާއިރު ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެޓެންޑުވެފައިވާ ކަމަށެވެ. އަދި އެޓެންޑުވި ފުލުސް މީހާގެ އެހީތެރިކަމާއެކު އޭނާ ސަލާމަތްކޮށްފައިވާ ކަމަށް ބުންޏެވެ.

32 އަހަރުގެ އެ މީހާއަށް ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ސަލާމަތްކުރި ފުލުސް މީހާއަށްވެސް ލޮނު ބޮވި، ހާލު ގޯސް ވެގެން ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.