އުރީދޫ މިޔުޒިކް ފެސްޓިވަލް 2023 ގައި ވެސް ގިނަ ބައެއްގެ ހުށަހެޅުން ފެނިގެންދާނެކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން ރޭ ބުނީ މިޔުޒިކް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.

އެ ފެސްޓިވަލުން އުރީދޫގެ ބްރޭންޑު އެމްބެސެޑާ ހަބޭސް ބޮޑުބެރު އަދި ޑިޓިއުންގެ އިތުރުން މީރާ، ޓްރެފިކް ޖޭމް އަދި ޑީޖޭ ދީދޫ ފެނިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

"އުރީދޫން މިއުޒިކް ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން. އުރީދޫ ފަން ރަން ނިންމާލުމަށްފަހު އޮންނަ މިއުޒިކް ފެސްޓިވަލް އެކެވެ. ކޮންމެ އަހަރަކު ވެސް މަގުބޫލު ފަންނާނުން ފެނިގެން ދާ މި މިއުޒިކް ފެސްޓިވަލް އަކީ ގިނަ އަދަދެއްގެ ޒުވާނުން، އާއިލާއާއި ރަށްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކުރާ ހަރަކާތެއް" ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން އުރީދޫން ބުނީ، އުރީދޫ ފަން ރަންގެ ހަރަކާތްތައް ހުކުރު ދުވަހު ހެނދުނު 8:30 ގައި އުރީދޫ ޑްރޯން ރޭސް ފެށިގެންދާއިރު ހަވީރު 3:30 ގައި ރަންގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.

އުރީދޫ ފަން ރަން 2023 ގެ ހަރަކާތްތަކުގައި ބައިވެރިވެ އަދި ކުޅިވަޅު ބަލައިލުމަށް ހުރިހާ އެންމެނަށް ދައުވަތު ދޭ ކަމަށް އުރީދޫން ބުންޏެވެ.