ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން ކޮމިޓީން އެގޮތަށް ފާސްކުރީ، ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
- އަސާސީ މުސާރަ 42،500 ރުފިޔާ
- ލިވިން އެލަވަންސް 15،000 ރުފިޔާ
- ފޯނު އެލަވަންސް 1،000 ރުފިޔާ
- ޖުމްލަ 58،500 ރުފިޔާ
- އަސާސީ މުސާރަ 55،000 ރުފިޔާ
- ލިވިން އެލަވަންސް 18،000 ރުފިޔާ
- ފޯނު އެލަވަންސް 1،000 ރުފިޔާ
- ޖުމްލަ 74،000 ރުފިޔާ
މީގެ އިތުރުން ކާރު އެލަވަންސްގެ ގޮތުގައި މަހަކު 7،500 ރުފިޔާ އަކީ މިހާރުވެސް ކަނޑައަޅައި ދެމުން އަންނަ އެލަވަންސެކެވެ.
- އަސާސީ މުސާރަ 53،125 ރުފިޔާ
- ލިވިން އެލަވަންސް 20،000 ރުފިޔާ
- ޖުމްލަ 73،125 ރުފިޔާ
- އަސާސީ މުސާރަ 65،000 ރުފިޔާ
- ލިވިން އެލަވަންސް 25،000 ރުފިޔާ
- ޖުމްލަ 90،000 ރުފިޔާ
- އަސާސީ މުސާރަ 51،000 ރުފިޔާ
- ލިވިން އެލަވަންސް 20،000 ރުފިޔާ
- ޖުމްލަ 71،000 ރުފިޔާ
- އަސާސީ މުސާރަ 63،000 ރުފިޔާ
- ލިވިން އެލަވަންސް 25،000 ފުރިޔާ
- ޖުމްލަ 88،000 ރުފިޔާ
- އަސާސީ މުސާރަ 42،500 ރުފިޔާ
- ލިވިމް އެލަވަންސް 20،000 ރުފިޔާ
- ޖުމްލަ 62،500 ރުފިޔާ
- އަސާސީ މުސާރަ 55،000 ރުފިޔާ
- ލިވިން އެލަވަންސް 25،000 ރުފިޔާ
- ޖުމްލަ 80،000 ރުފިޔާ
މީގެ އިތުރުން މަޖިލިސް މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ކޮމިޓީއަށް ހާޒިރުވާ ނިސްބަތުން ގިނެވެގެން 20،000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ.
މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ "ވަން"އަށް މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތަކަށާއި، ސިވިލް ސާވިސް އާއި އެހެނިހެން ތަންތަނުން، އެ ތަންތަނުގެ މުވައްޒިފުންނަށް މުސާރަ ބޮޑު ކުރުމަށްޓަކައި، ޕޭ ހާމަނައިޒް ކުރުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި 500 މިލިޔަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ އަންނަ ޖެނުއަރީމަހުގެ އެކަކުން ފެށިގެން ކަމަށާއި އަދި އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން ފާސްކުރާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު