ބަންގުލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ހުއްދަ ދޭން ފެށުމާއެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށެވެ.
އެކަމަކު މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބަންގުލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެ މުއްދަތު ދިޔައީ އިތުރު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު