މީހަކު ރަހީނުކޮށް އޭނާގެ އޮރިޔާން ކާޑު ހެދިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ތިން މީހުން ހައްޔަރުކުރީ މީހަކު ރަހީނުކޮށް މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

  • ޝަހުމީން ރަޝީދު، 25އ
  • މުހައްމަދު ޒަމީރު، 27އ
  • ހުސައިން މައޫޒް އަބްދުﷲ، 26އ.

ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން ޝަހުމީންގެ ބަންދަން ކްރިމިނަލް ކޯޓުން 12 ދުވަސް ޖަހާފައިވާ ކަމަށާއި ލަމީރާއި މައޫޒްގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ފަސް ތުހުމަތެއްކުރެއެވެ. އެއީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި ބިރުދެއްކުމާއި ފޭރުމާއި ވައްކަންކުރުމުގެ އިތުރުން އޮރިޔާން ކާޑު ހެދުމެވެ.