ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ބޭނުން ގޮތަކަށް ނެގޭ، 100 ޖީބީގެ ޑޭޓާ ޕެކްތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 100 ޖީބީ ޑޭޓާ ޕެކްތަކާއެކު ފަސޭހަކަމާއެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ ކަމަށާއި އެ ޑޭޓާ ޕެކްތަކާއެކު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އިންޓަނެޓް ބޭނުންތަކަށް ބަލައި، ތަފާތު ޑޭޓާ އެލަވަންސްތަކާއި ފްލެކްސިބަލް ވެލިޑިޓީތަކަށް ބަލައި ޕެކޭޖު އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

  • 100 ޖީބީ، ތިން ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
  • 100 ޖީބީ، ފަސް ދުވަހުގެ މުއްދަތަށް 149 ރުފިޔާއަށް
  • 100 ޖީބީ، ހަތް ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100 ޖީބީ، 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100 ޖީބީ، 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100 ޖީބީ، 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

ދިރާގުން ބުނީ އެ ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ ކަމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް https://bit.ly/3odf8z5 ޒިޔާރަތްކުރުމަށް އެދޭ ކަމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.