މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، ގަވާއިދާ ހިލާފަށް ޕާކު ކުރުމުން ކޮށްފައިވާ ޖޫރިމަނާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މައާފުކޮށްދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ 5 ސެޕްޓެމްބަރު 2023 އިން ފެށިގެން 16 ނޮވެމްބަރު 2023 އަށް ކޮށްފައި ހުރި ޖޫރިމަނާތައްވެސް ގާނޫނުގައިވާގޮތުގެ މަތިން މައާފުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި އެ ޖޫރިމަނާތައް މިއަދުން ފެށިގެން މައާފުވާނެ ކަމަށެވެ.
"މި މުއްދަތުގެ ތެރޭގައި 2.8 މިލިއަން ރުފިޔާ މައާފުކުރެވިގެންދާނެ ޖޫރިމަނާގެ ގޮތުގައި ޕާކިން ސްޓިކާ ވަޔޮލޭޝަންގެ ގޮތުގައި ހުރި،" ފިރުޒުލް ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރުމުން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދެއްވުމަކީ، ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ކުރީ ސަރުކާރުން ވެސް ވަނީ ޕާކިން ޖޫރިމަނާތައް މައާފުކޮށްދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު