އެޕަލް (އޭއޭޕީއެލް)ގެ އައިފޯނާއި އެޕަލް ވޮޗް ޑިޒައިންގެ ހެޑް ކުންފުނިން ވަކިވާނެ ކަން އިއުލާން ކޮށްފިއެވެ. ބްލޫމްބާގްގެ މާކް ގުރްމަން ބުނި ގޮތުގައި އައިފޯން، ވޮޗް، އަދި އެޕަލްގެ އެއާޕޮޑްސް ފަދަ ޑިވައިސްތަކުގައި މަސައްކަތްކޮށްފައިވާ ޓަންގް ޓަން އެޕަލް އިން ވަކިވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެޕަލްގެ ގިނަ އުފެއްދުންތަކެއްގެ ޑިޒައިން ހެދުމުގެ އިސްވެރިޔާ އަކީ ކުންފުނީގެ 3 ވަނައަށް ގޮތް ނިންމުމުގެ އިސްފަރާތެވެ. ޓަން ރިޕޯޓް ކުރަނީ އެޕަލްގެ ހާޑްވެއާ ޑިޒައިންގެ އެސްވީޕީ ޖޯން ޓަނަސް އަށް ކަމަށާއި އޭނާ ޖަވާބު ދެނީ ސީއީއޯ ޓިމް ކޫކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ޚަބަރާ ގުޅިގެން އެޕަލްގެ ހިއްސާގެ ބާޒާރަށް މާ ބޮޑު ޅޮޅުމެއް ނާރައި އެއްވަރެއްގައި އަދި ހުރިނަމަވެސް މި ނިންމުމާ އެކު ބަދަލުތަކެއް އަންނާނެ ކަމަށް ގިަ ބަޔަކު އަންނަނީ ބުނަމުންނެވެ. މި ވަގުތު އެޕަލް ކުންފުނީގެ ޖުމުލަ މާކެޓް ކެޕިޓަލައިޒޭޝަން ތިން ޓްރިލިއަން ޑޮލަރަށް ވުރެ މަތީގައި އެއްވަރެއްގައި ވަނީ ހިފެހެއްޓިފައެވެ. އެޕަލްގެ ޑިޒައިން ޓީމަށް ފާއިތުވި އަހަރުތަކުގައި ސިލްސިލާ ބަދަލުތަކެއް އައިސްފައި ވަނީ ކުރީގެ ޑިޒައިން ޗީފް ޖޯނީ އައިވް 2019 ވަނަ އަހަރު ވަކިވުމާ ގުޅިގެންނެވެ. އެޕަލް ކުންފުނީގެ އުފެއްދުން ތަކުގެ ޑިޒައިނަކީ ހަމައެކަނި ހައި އެންޑް ޓެކްނޮލޮޖީއަށް އެކަނި ވިސްނައިގެން ކުރާ ކަމެއް ނޫނެވެ. އޭގެ އިތުރުން އެޕަލް ކުންފުނީގެ އުފެއްދުންތަކުގެ ޑިޒައިނަކީ ގިނަ މީހުން ވަރަށް ގަޔާވާ ގޮތަށް ހަދާފައިވާ ޑިޒައިންތަކެވެ. ސަބަބަކީ އެޕަލްގެ އުފެއްދުންތަކަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި ނަމޫނާ އަކަށް އެންމެންވެސް ބަލާ އުފެއްދުންތަކެއް ކަމަށް ވުމެވެ.

އެގޮތުން އައިފޯނަކީ އެޕަލްގެ އެންމެ މުހިންމު އެއް އުފެއްދުމެވެ، 2023 ވަނަ އަހަރުގެ މާލީ އަހަރު އެ ކުންފުންޏަށް ލިބުނު 383.3 ބިލިއަން ޑޮލަރުގެ އާމްދަނީގެ ތެރެއިން 200.6 ބިލިއަން ޑޮލަރު ލިބިފައިވަނީ ހަމައެކަނި އައިފޯނު ވިއްކައިގެން ނެވެ. އެހެން ނަމަވެސް އެޕަލްގެ އައިފޯނަށް މިހާރު މާބޮޑު ބަދަލެއް އައިސްފައި ނުވުމުން ޖުމުލަކޮށް ބަލާއިރު އައިފޯނުގެ ވިޔަފާރިން 2022 ވަނަ އަހަރަށް ވުރެ 2023 ވަނަ އަހަރު ލިބުނު އާމްދަނީ ފަސް ބިލިއަން ޑޮލަރު މަދުވެ އެވެ.

އެޕަލް ވޮޗަކީ ދުނިޔޭގެ އެންމެ މަގުބޫލު ސްމާޓްވޮޗް ކަމަށާއި އެޕަލް ބޭނުންކުރާ މީހުން އެ ކުންފުނީގެ އުފެއްދުންތަކުގެ އިކޯސިސްޓަމް އަށް ބަރޯސާވެގެން އުޅޭ އެއް ސަބަބަކީވެސް މި އުފެއްދުން ތަކުގައި ވަށާޖެހޭ ގިނަ ކަންކަން ހިމެނިފައިވުމެވެ. މި އުފެއްދުން ތަކުގެ ޑިޒައިނަކީ މިކަން ކުރިއަށް ގެންދިއުމުގެ ބޮޑު ވަސީލަތެކެވެ. އެޕަލްގެ އުފެއްދުންތައް ޑިޒައިން ކުރުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ކުންފުނި ދޫކޮށް ދިއުމުގެ ސަބަބުން ދެން ނެރޭ އާ އުފެއްދުންތަކުގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރެއެވެ.